ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ލ.މުންޑޫ، ގުލްޒާރުގެ / މަރްޔަމް މާއީ ޖަމީލް (25އ) ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުުން ބުނީ މަރްޔަމް މާއީ ޖަމީލް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ ދިރިއުޅެމުން ދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންކަމުން މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.







