މެމްބަރު ވިދާޅުވީ ސިޔާސީ މައިދާނުގައި ޅަފަތުގައި އޮތް ޕީއެންސީ މިއަދު ވެފައިވަނީ 70،000 މެންބަރުންގެ ޕާޓީއަކަށް ޕީއެންސީ ވުން ދޭހަވަނީ, ރައީސް މުއިއްޒު ނިންމެވުންތަކަށް ބޯލަނބައި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ސިޔާސީ މައިދާނުގައި ޅަފަތުގައި އޮތް ޕީއެންސީ މިއަދު ވެފައިވަނީ 70،000 އަށް ގިނަ މެމްބަރުންނާއެކު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް މިހާރު ވެފައިވާ ކަމަށެވެ.
އަދި އެކަމުން ވެސް ޕާޓީގެ އެތެރޭގެ މަސްލަހަތު އޮތް ވަރާއި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުންތަކަށް ބޯލަނބައި އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމް ދޭހަވާނެކަމަށް މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވިއެވެެ.
މީގެ އިތުރުން މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީއެންސީ އޮތީ އިދިކޮޅު ފަރާތްތަކުން ސިފަކުރާގޮތަށް ވުރެ މާ ބަދަހިކޮށް ކަމަށާއި ޕާޓީގެ ކޮންމެ މެމްބަރަކު މަސައްކަތް ކުރަމުން ގެންދަނީ ކަންކަން ފަހުމުވެގެންކަމަށެވެ.
އަދި 2028 ގައި ޕީއެންސީން ވާދަކުރައްވާނީ ރައީސް ޑރ މުއިއްޒު ކަމަށާއި ޕީއެންސީ މެންބަރުން ތިބީ އެމަނިކުފާނުގެ އަރިހުގައިކަމަށާއި އެކަމާއި އެއްވެސް ދެބަސްވުމެއް އެ ޕާޓީގެ ތެރޭގައި ނެތްކަމަށްވެސް މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވި އެވެ.







