މާލެ: 31°C

11 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާ އަރަބި ލީގުގެ ބައްދަލުވުމަކަށް

May 16, 2023
2 ފަހަރު ބަލާފައި
11 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާ އަރަބި ލީގުގެ ބައްދަލުވުމަކަށް
11 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާ އަރަބި ލީގުގެ ބައްދަލުވުމަކަށް
ދިހަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ސީރިޔާއިން އަރަބި ލީގުގެ ބައްދަލުވުމެއްގައި ބައިވެރިވެއްޖެއެވެ. ސިރިޔާއިން ބައިވެރިވީ ހުކުރު ދުވަހު ބާއްވާ އަރަބް ލީގުގެ ސަމިޓްއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ސެޝަންގައެވެ. އެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައެވެ. "އަޅުގަނޑު، މި ފުރުސަތުގައި ސީރިއަން އަރަބް ރިޕަބްލިކް އަށް ލީގު އޮފް އަރަބް ސްޓޭޓްސް އަށް މަރުހަބާ ކިޔަން،" ސައުދީގެ ދައުލަތުގެ ޓީވީ ޗެނަލް އަލް އެހްބަރިޔާ އިން ލައިވްކުރި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ވިދާޅުވިއެވެ. އަރަބި ލީގުން ސީރިޔާ ސަސްޕެންޑް ކުރީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ހުއްޓުވަން އެޅި ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ފަސް ލައްކައަށް ވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ގެދޮރު ގެއްލުނެވެ. ސިރިޔާ އިން އަލުން އަރަބި ލީގާއި ގުޅުނީ މި މަހުގެ ކުރީކޮޅުއެވެ. ސައުދީ ރަސްގެފާނު ސަލްމާން ވަނީ، ހުކުރު ދުވަހު ރެޑް ސީގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޖިއްދާގައި ބާއްވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަސަދަށް ދައުވަތު ދެއްވާފައެވެ. މިއަހަރުގެ ފަހުކޮޅު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ މޫސުމީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ސީރިޔާ އަށް ވަނީ ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ