1،000 ދުވަސް ފަހުން ހޮންކޮންގުން މާސްކު އެޅުން މަޖުބޫރުވުން އުވާލައިފި

1،000 ދުވަސް ފަހުން ހޮންކޮންގުން މާސްކު އެޅުން މަޖުބޫރުވުން އުވާލައިފި
ލިޔުން:
ގާތްގަނޑަކަށް 1000 ދުވަހަށް ފަހު ހޮންގްކޮންގްގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުވާލަން ނިންމަިއފި
ހޮންކޮންގެގެ ޗީފް އެކްޒެކްޓިވް ޖޯން ލީ ވިދާޅުވީ އުއްމީދަކީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުން ހޮންކޮންގއަށް ޒިޔާރަތްކުރާ މީހުން އެނބުރި އައިސް ވިޔަފާރި ފަށަން މަގުފަހިވެގެން ދިޔުން ކަމަށެވެ.
"އަހަންނަށް ހީވަނީ މިއީ މިނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަށް. މިއީ ހޮންގްކޮންގް އާންމު ހާލަތަށް ދާން ފަށާފައިވާކަން ދެއްކުމަށް ދޭ ސާފު މެސެޖެއް،" ލީ ވިދާޅުވިއެވެ.
ދެކުނު ކޮރެއާ، ޖަޕާން އަދި ޓައިވާން ފަދަ އޭޝިއާގެ އެހެން ގިނަ ތަންތަނުން ވަނީ މާސްކުގެ މެންޑޭޓަށް ފާއިތުވި ދުވަސްތަކުގައި ލުއިދީފައެވެ.
ހޮންގްކޮންގްގައި މާސްކު އެޅުމުގެ އުސޫލަށް ލުއިތަކެއް ދީފައި ޗައިނާގެ އަދި މަކާއޯ އިން މިދިޔަ ހޯމަ ދުވަހު މާސްކުގެ އުސޫލަށް ލުއިދިފައިވާއިރުއެވެ.
ޗައިނާގައި އެއާޕޯޓުތަކާއި ސްޓޭޝަންތައް ފަދަ އިންޑޯ ތަންތަނުގައި މާސްކު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ބާރު އެޅި ނަމަވެސް، ބޭރުތެރޭގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރެއް ނުކުރެއެވެ.
ވިޔަފާރީގެ ޖަމާއަތްތަކާއި ޑިޕްލޮމެޓުންނާއި ގިނަ ރައްޔިތުންތަކެއް ބުނާ ގޮތުގައި ކޮވިޑް-19 ގެ ގަވައިދުގެ ސަބަބުން ހޮންގްކޮންގްގެ ވާދަވެރިކަމާއި ބައިނަލްއަގުވާމީ މާލީ މަރުކަޒެއްގެ ގޮތުގައި ދެމިއޮތުމަށް ނުރައްކާވި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
