މާލެ: 31°C

1.2 މިލިއަން ރެފިއުޖީންނަށް ޖަރުމަނު ހުޅުވާލީތީވެ އެންޖެލާ މާކެލާއަށް އެވޯޑެއް

February 10, 2023
2 ފަހަރު ބަލާފައި
1.2 މިލިއަން ރެފިއުޖީންނަށް ޖަރުމަނު ހުޅުވާލީތީވެ އެންޖެލާ މާކެލާއަށް އެވޯޑެއް
1.2 މިލިއަން ރެފިއުޖީންނަށް ޖަރުމަނު ހުޅުވާލީތީވެ އެންޖެލާ މާކެލާއަށް އެވޯޑެއް
ވެރިކަމުގައި ހުންނެވި އިރު ރެފިއުޖީންނަށް ޖަރުމަނަށް އެތެރެވުމުގެ ހުއްދަ ދިނުމުން އަގުވަޒަންކޮށް އދ.ގެ ޝަރަފުވެރި އެވޯޑެއް ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް އަށް ދީފި އެވެ. ޖަރުމަނުވިލާތަށް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ހިމާޔަތް ހޯއްދެވި 1.2 މިލިއަނަށްވުރެ ގިނަ މީހުންނާއި ރެފިއުޖީންނަށް ވަނުމުގެ ހުއްދަ ދިނުމުން މާކެލާއަށް ތައުރީފު ލިބިވަޑައިގެންފައިވާއިރު، އައިވަރީ ކޯސްޓްގެ ވެރިރަށް ޔަމޫސޫކްރޯގައި ފެލިކްސް ހޫފޫއެޓް-ބޮއިގްނީ ޔުނެސްކޯގެ ސުލްހައިގެ އިނާމު އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އދ.ގެ އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލް އޮޑްރީ އަޒޫލޭ ވިދާޅުވީ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީންނަށް 2015 ވަނަ އަހަރު ޖަރުމަނުން ކިޔާފައިވާ މަރުހަބާ ކިޔާފައިވާތީ އެންޖަލާ މާކެލާގެ ހިތްވަރުގަދަ ނިންމުމަށް އިހުތިރާމް ކުރަން ޖޫރީން ބޭނުންވި ކަމަށެވެ. ރެފިއުޖީންނަށް ޔޫރަޕް ބަންދުކުރުމަށް އެތައް ގައުމުތަކަކުން ގޮވާލަމުން ދިޔައިރު ޖަރުމަނުން ދެއްކި ހިތްވަރުގެ އަގު އދ އިން ވަޒާންކޮށްފައެވެ. މާކެލާ އެ ނިންމުން ނިންމެވީ ސީރިއާގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ރެފިއުޖީންގެ މައްސަލަ އެންމެ ބޮޑުވަމުން ދިޔަ ދަނޑިވަޅުގައެވެ. "އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމާއި، ހިމާޔަތްކުރުމާއި ހިއްސާކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އަމާޒެއް، އަޅުގަނޑުމެން ނިންމީ ހިޖުރަކުރުމުގެ ސިޔާސަތުގައި މި އުސޫލުތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް،" ޖަރުމަނުގެ ކުރީގެ ލީޑަރު ވިދާޅުވިއެވެ. ޗާންސެލަރުކަމުގެ މަގާމުގައި 16 އަހަރު ހޭދަކުރެއްވި އެންޖެލާ މާކެލާ އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ