މޫސުން ރަނގަޅުވާން ފެށުމުން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
މާލެއަށް ކަރަންޓްގެ ޚިދުމަތްދެމްުނައަންނަ ކުންފުނި ސްޓެލްކޯއިން ބުނީ މޫސުން ރަނގަޅުވާން ފެށުމުގެ އިތުރުން އޮފީސްތައް ހުޅުވުމާއެކު ރޯދަ މަހުގެ ތިން ވަނަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ފުރަތަމަ ދެދުވަހާ އަޅާ ބަލާއިރު އިތުރުވެފައި ކަމަށެވެ.
އިއްޔެ ކަރަންޓް ބޭނުންކުރި ނިސްބަތް އެއްމެ މަތިވެފައިވަނީ ރޭ 22:00 ގައެވެ. ސްޓެލްކޯއިން އާއްމުކުރި ގްރާފުން ދައްކާގޮތުން އެގަޑީގައި މާލެ ސަރަހައްދުން 79 މެގަ ވޮޓް ގެ ކަރަންޓް ބޭނުންކުރިުއެވެ.
މިއަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މޫސުން ރަނގަޅުވާން ފެށުމުގެ އިތުރުން އޮފީސްތައް ހުޅުވުމާއެކު، ރޯދަ މަހުގެ ތިން ވަނަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ފުރަތަމަ ދެދުވަހާ އަޅާ ބަލާއިރު އިތުރުވެފައި. pic.twitter.com/a85mKxZrLG
— STELCO (@STELCOMALDIVES) March 4, 2025

