މާލެ: 31°C

މިފްކޯ އަކީ ރާއްޖޭގެ ލީޑިންގ ކުންފުންޏަކަށް ހަދާނަން: ސީއީއޯ ފަރުހަތު

March 9, 2025
183 ފަހަރު ބަލާފައި
މިފްކޯ އަކީ ރާއްޖޭގެ ލީޑިންގ ކުންފުންޏަކަށް ހަދާނަން: ސީއީއޯ ފަރުހަތު
މިފްކޯ އަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިފްކޯގެ ސީއީއޯ ކަމާ އަލަށް ހަވާލުވި މޭޖަރ ޖެނެރަލް ރިޓަޔަރޑް ފަރުހަތު ޝަހީރް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަރުހަތު ވިދާޅުވީ މިހާރު މިފްކޯ އޮތް ހާލަތުން ކޮޅައް ޖެހުމަށް ވަރަށް އަވަހަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، އެކަން ކުރުމަށް ނަގަންޖެހޭ ޑިޝިޝަން ތަކަކީ ވަރަށް ޓަފް ޑިސިޝަންތަކެއް ކަމަށެވެ. އެހެންކަމުން އެކަންކަން ކުރެވިއްޖެނަމަ އެ ކުންފުންޏަކީ މަސްވެރިކަމުގައި ދިވެހި ރާއްޖޭގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އަދި އިތުރަށް ފަރުހަތު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީތަކެއް ގެނެވިއްޖެ ނަމަ، ކުރިއެކޭ އެއް ގޮތަށް މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެއްވަނަ ސިނާއަތަށް ހެދޭނެ ކަމަށާއި، އެގޮތުން މިފްކޯގެ އަމާޒު ހުރީ އެ އަމާޒަށް ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ކުރެވޭ މަސައްކަތުން އެ އަމާޒަށް ވާސިލުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އޮތް އެބައޮތް ކަމަށެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މިދިޔަ ހަފުތާގައި ފަރުހަތު އައްޔަން ކުރީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އައްޔަންކުރި ބިދޭސީ ސީއީއޯ ޔުކްރޭނަށް ނިސްބަތްވާ ޑރ. ވިތާލީ ލުބިމޮވް މި މަހުގެ 3 ގައި މަގާމުން ވަކިކުރުމަށް ފަހުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ