މާލެ: 31°C

މިއަހަރު މާލޭގައި އިހްޔާ ކުރުމުގެ 8 ފޯރަމް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

March 1, 2025
106 ފަހަރު ބަލާފައި
މިއަހަރު މާލޭގައި އިހްޔާ ކުރުމުގެ 8 ފޯރަމް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މިއަހަރު އިހްޔާ 8 ފޯރަމް މާލޭގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މިއަހަރު އިހްޔާ 8 ފޯރަމް މާލޭގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް އޮންނާނީ މާދަމާ ރެ އެވެ. އެ ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މައުޝޫއަށް ތަގުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މީގެ އިތުރުން އިހްޔާ ފޯރަމްތަކުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. އަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިހް އަހުމަދު ސަމީރު އިބްރާހީމް ހުސައިން، އައްޝައިޚް މުހައްމަދު ގުބާދު އަބޫބަކުރު، ފަޟީލަތުއްޝައިހް މުހައްމަދު ލަތީފު، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމުގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސަީދު ޤާސިމް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ