މާލެ: 31°C

އެމްޑީޕީގެ މުޒާހިރާގައި ދެއްކެވި ވާހަކަތަކާ ގުޅުވައިގެން ފިޔަވަޅުއެޅުމަށް އަބްދުއްރަހީމް ގޮވާލައިފި

March 14, 2025
261 ފަހަރު ބަލާފައި
އެމްޑީޕީގެ މުޒާހިރާގައި ދެއްކެވި ވާހަކަތަކާ ގުޅުވައިގެން ފިޔަވަޅުއެޅުމަށް އަބްދުއްރަހީމް ގޮވާލައިފި
އެމްޑީޕީ މުޒާހިރާއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅަުވައިގެން ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި އެވެ.

އެމްޑީޕީ މުޒާހިރާއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅަުވައިގެން ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި އެވެ.

އަބްދުއްރަހީމް އެމަނިކްފާނުގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ފޯސްޓުގައި ވިދާޅުވެފައިވަނީ، ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލައްވާ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލަން. ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ". އަބްދުއްރަހީމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މަޖިލިސްރައީސް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީއިން ރޭ ބޭއްވި މުޒާހިރތާގައި އެ ޕާޓީގެ އެކްޓިވިސްޓް މަންޒި ޒުބައިރް ރައީސް ޑރ. މުއިއްޒު އަށާއި މެޑަމް ސާޖިދާއަށް ފާޑުވިދާޅުވެ ދަރިފުޅު ވޭޕް ބޭނުންކުރުމުން މުޅި ގައުމު ކުއްލިއަކަށް އެކަމުގެ އަދާކުރަންޖެހޭގޮތަށް ނިންމެވުންތައް ނިންމަވާފައިވާކަމަށްބުނެ ދައްކަވާފައިވާ ވާހަކަތަކާ ގުޅުވައިގެންނެވެ.

ރޭ އެވާހަކަތަށް މުޒާހިރާގައި ދެއްކެވުމާއެކު އެޗްއާރސީއެމް އިންނާއި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ކުއްވެރިކޮށް ބަޔާން ނެރެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ