މާލެ: 31°C

ޖަމާލުއްދީނުގެ ކުރީގެ ކާމިޔާދަރިވަރުންގެ ފޮޓޯތަކުގެ ތެރެއިން މެމްބަރު މީކާއިލްގެ ފޮޓޯ ފޮހެލީ ބެލެނިވެރިން އެދިގެން: ޖަމާލުއްދީން

February 7, 2025
1568 ފަހަރު ބަލާފައި
ޖަމާލުއްދީނުގެ ކުރީގެ ކާމިޔާދަރިވަރުންގެ ފޮޓޯތަކުގެ ތެރެއިން މެމްބަރު މީކާއިލްގެ ފޮޓޯ ފޮހެލީ ބެލެނިވެރިން އެދިގެން: ޖަމާލުއްދީން
ޖަމާލުއްދީނުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޕޯސްޓްކުރަމުންއައި ކުރީގެ ކާމިޔާދަރިވަރުންގެ ފޮޓޯތަކުގެ ތެރެއިން މެމްބަރު މީކާއިލްގެ ފޮޓޯ ފޮހެލީ ބެލެނިވެރިން އެދިގެން ކަމަށް ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ.

ޖަމާލުއްދީނުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޕޯސްޓްކުރަމުންއައި ކުރީގެ ކާމިޔާދަރިވަރުންގެ ފޮޓޯތަކުގެ ތެރެއިން މެމްބަރު މީކާއިލްގެ ފޮޓޯ ފޮހެލީ ބެލެނިވެރިން އެދިގެން ކަމަށް ޖަމާލުއްދީން ސްކޫލުން ބުނެފިއެވެ.

ޖަމާލުއްދީން ސްކޫލުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޕޯސްޓް ކުރަމުންދިޔަ އެ ސްކޫލުގެ ކާމިޔާބު ދަރިވަރުންގެ ޕޮޓޯއާއި ޕްރޮފައިލް ދިޔައީ ޕޯސްޓް ކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަހްމަދު ނަސީމް ގެ ފޮޓޯއާއި ޕްރޮފައިލް ވެސް ޕޯސްޓް ކޮށްފައިވެއެވެ. 

ނަމަވެސް ފަހުން މެމްބަރު މީކާއިލް ގެ ފޮޓޯއާއި ޕްރޮފައިލް އެ ސްކޫލުގެ ޕޯސްޓުން ނަގެމުމާ ގުޅިގެން މެމްބަރު މީކާއިލް ވަނީ ސްކޫލުން އެކަންކުރީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެންކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ، އެއަށްފަހު ޖަމާލުއްދީން ސްކޫލުން ވަނީ އެކަމާގުޅިގެން ބަޔާނެއް ނެރެފައެވެ.

ޖަމާލުއްދީން ސްކޫލުގެ ބަޔާނުގައި ބުނެފައިވަނީ އެ ސްކޫލްގައި ކުރިން ތައުލީމު ހާސިލުކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް އަޙްމަދު ނަސީމާއި ގުޅޭގޮތުން ކުރި ޕޯސްޓް ޑިލީޓް ކުރީ، ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން ކަމަށާއި، އެ ޕޯސްޓް ޑިލީޓްކުރަން ޖެހުނީ އެ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރުގެ (މީކާއިލް) ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ.

އެފަދަ ކަންކަމަކީ މި ސްކޫލުން ގަބޫލުކުރާ އަހުލާގީ މިންގަނޑުން ބޭރު ކަމަށް ވާތީ އާއި އެތައް ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެންނެވެ. ސްކޫލުން މި ޕޯސްޓް ޑިލީޓްކޮށްފައިވަނީ އެލުމްނާއި ޕްރޮފައިލް ކޮމެޓީގެ މަޝްވަރާގެ މަތިންނެވެ،" އެ ސްކޫލުގެ ބަޔާނުގައިވެ އެވެ.

މީކާއިލްގެ ފޮޓޯއާއި ޕްރޮފައިލް ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ބަޔާނާ ގުޅިގެން މެމްބަރު މީކާއިލް ފަހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބަންދު ދުވަހެއްގެ ރޭނގަނު ދަންވަރު ސްކޫލުން ބަޔާން ނެރުމުންވެސް ސިޔާސީ ނުފޫޒް ސްކޫކާށް ވަދެފައިވާ މިންވަރު ހާމަވާ ކަމަށް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ