މާލެ: 31°C

އިންޓެލް މައުލޫމާތަކާ ގުޅިގެން ގައުމީސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައި

March 10, 2025
239 ފަހަރު ބަލާފައި
އިންޓެލް މައުލޫމާތަކާ ގުޅިގެން ގައުމީސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައި
ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގައުމީސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައި ފިއެވެ.

ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގައުމީސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފަށައި ފިއެވެ.

އެކަން ހާމަކޮށް ފުލުހުން ބުނީ އެ މުވައްސަސާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި، އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އާއި ގުޅިގެން ކަމަށެވެ. 

އިތުރު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބުނުވަރަކުން ހާމަކުރަމުންގެންދާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ