މާލެ: 31°C

ހިމަބިހިން ރައްކާތެރިވާން 15 އަހަރާއި 35 އަހަރުގެ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށް ސަމާލުވޭ: ޑރ ފައިސަލް

July 5, 2026
167 ފަހަރު ބަލާފައި
ހިމަބިހިން ރައްކާތެރިވާން 15 އަހަރާއި 35 އަހަރުގެ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަށް ސަމާލުވޭ: ޑރ ފައިސަލް
ހިމަބިހި ޖެހުނު މީހުންގެ ތެރެއިން 4 މީހުން ފިޔަވައި އެންމެންގެ އުމުރުފުރާ އަކީ 15 އަހަރާއި 35 އަހަރާއި ދެމެދު: ޑރ ފައިސަލް

ހިމަބިހި ޖެހުނު މީހުންގެ ތެރެއިން 4 މީހުން ފިޔަވައި އެންމެންގެ އުމުރުފުރާ އަކީ 15 އަހަރާއި 35 އަހަރާއި ދެމެދު: ޑރ ފައިސަލް

އެކްސް ގައި ޑރ ފައިސަލް ހިއްސާކުރެއްވި މައުލޫމާތުގައިވާގޮތުން ހިމަބިހި ރާއްޖޭގައި މިވަގުތު ފެތުރެނީ ހިމަބިހި ވެކްސިންގެ 2 ޑޯޒް ހަމަނުކުރާ މީހުންގެ މެދުގައެވެ.

އެގޮތުން މިހާތަނަށް 72 މީހުންނަށް އެ ބަލި ޖެހުނު އިރު 4 ކުދިން ފިޔަވައި އެބަލި ޖެހިފައިވާ މީހުންގެ އުމުރުފުރާ އުޅެނީ 15 އަހަރާއި 35 އަހަރާއި ދެމެދުގައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ހިމަބިހީގެ ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށް ޑރ ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

ހިމަބިޙީގެ ފުރަތަމަ ކޭސް ފެނިފައިވަނި މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އެއަށް ފަހު ކޮންމެ ހަފްތާއަކުވެސް އެޗްޕީއޭ އިން ދިޔައީ ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހާމަކުރަމުންނެވެ. 

އެގޮތުން ހިމަބިހީގެ ފުރަމަކޭސް ރިޕޯޓްކުރިފަހުން މިދިޔަ ހަފްތާއަކީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގަ އެވެ. އެގޮތުން މިދިޔަ ހަފްތާގަ އެކަނިވެސް 44 މީހުން އެ ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަދި މި ބަލި ފެތިރެން ފެށިފަހުން މި ބައްޔަށް ޕޮޒިޓިވްގެން ރިޕޯޓްކޮށްފައިވަނީ މުޅިންވެސް މާލެ ސަރަހައްދުންކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން ހިމަބިހި ފެތުރެމުންދާތީ ހޮސްޕިޓަލަށް އަންނައިރު މާސްކް އަޅައިގެން އައުމަށް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވާއިރު ހިމަބިއްސަށް ޝައްކުކުރެވޭ ހިސާބުން ލަސްނުކޮސް ޓެސްޓްކުރުމަށާއި ނަތީޖާ ލިބެންދެން އެކަހެރިވެ އުޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ