މާލެ: 31°C

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

March 12, 2025
86 ފަހަރު ބަލާފައި
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުގެ ހުންނެވި އިބްރާހިމް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރަޝީދު ސީއެސްސީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓަކުން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އޭނާ ކުރެއްވި ހިދުމަތަށް ސީއެސްސީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު އައްޔަންކުރެއްވި ރަޝީދު، މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރުމުގެ މަސައްކަތުގެ މަރުހަލާ ފެށުމަށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސިވިލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަންކުރެއްވުމަށް ޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މެމްބަރު ކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މާޗް 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:00 އަށް ރައީސް އޮފީހުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ ކަމުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަނީ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހުގެ އިތުރުން ކޮމިޝަނުގެ ތިން މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތު އާއި ފާތިމަތު ޝަރީފް އަދި ފާތިމަތު ހަބީބާ އެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ