މާލެ: 31°C
ރައީސް މުއިއްޒުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ދަނީ ނުރައްކާ ވަމުން: ރައީސް ނަޝީދު

ރައީސް މުއިއްޒުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ދަނީ ނުރައްކާ ވަމުން: ރައީސް ނަޝީދު

23 އޮކްޓޫބަރު 2026
57 ފަހަރު ބަލާފައި

ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ދަނީ ނުރައްކާ ވަމުންކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ސިޔާސަތު ތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން ކަމަށެވެ.

އެގޮތުން ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ދިވެހިރާއްޖެއިން ވަދެގެންނުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދަޅުވެއެވެ.

އަދި ޕާކިސްތާނާއެކު މިލިޓަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވާނެ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ނުރައްްކާ ވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ