މާލެ: 31°C
މެޑަމް ސާޖިދާ ޕާކިސްތާނުގެ ފަސްޓްލޭޑީ އާއި ބައްދަލުކުރައްވައިފި

މެޑަމް ސާޖިދާ ޕާކިސްތާނުގެ ފަސްޓްލޭޑީ އާއި ބައްދަލުކުރައްވައިފި

22 އޮކްޓޫބަރު 2026
21 ފަހަރު ބަލާފައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފި އެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ މެޑަމް ސާޖިދާ އާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފަ އެވެ. މެޑަމް ސާޖިދާ ޕާކިސްތާނުންނާއި އެކަމަނާ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަށް ފާހަގަކުރައްވައި  މެޑަމް ސާޖިދާ ވަނީ އެ މަސައްކަތަށް ތައުރީފު ކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

އަދި ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި މި ދެ ކަނބަލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

.އަދި އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ބާރުވެރިކުރުވުމުގައި ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމާއި، އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިބައްދަލުވުމުގައި ދެ ކަނބަލުންވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ