ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށްޓަކައި އިޙުތިރާމު އަދާކުރުމުގެ 5 އަހަރުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ނިންމަވާފައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންކަމުގެ އިތުރު ތަފްޞީލްތައް ސަރުކާރުން މިއަދު ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާފައިވާ ކަމަށެވެ.
އެގޮތުން އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައި ކަނޑައަޅުއްވާފައެވެ.
މީގެއިތުރުން މި މަޝްރޫޢު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އަދި މި ކޮމިޓީގައި ހެރިޓޭޖް މިނިސްޓްރީއާއި، ޑިފެންސް މިނިސްޓްރީއާއި، ހޯމް މިނިސްޓްރީއާއި، ފިނޭންސް މިނިސޓްރީއާއި، އެޑިއުކެޝަން މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުއްވުމަށް ވަނީ ނިންމަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުުން ބުނެއެވެ.
އަދި އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ޤައުމީ ފެންވަރުގައި "ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިނމާފައެވެ.







