އުވާނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވި 2 ކުންފުނިވެސް އުވާލަން އެމަނިކުފާނު ނިންމަވައިފި އެވެ.
ރިޔާސީއިންތިހާބުގެ ކެމްޕެއިންތެރޭގައްޔާއި ވެރިކަމަށް ވަޑައިގަތުމަށްފަހުގައި ވެސް ގިނަ ޕޯޑިއަމް ތަކެއްގައި ވާހަކަފުޅު ދައްކަވަމުން އުވާ ނުލާނެކަމަށް ވައުދުވެވަޑައިގެންނެވި ފެނަކަ ކޯޕަރޭޝަން އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި އެ ކުންފުނިން ދެމުންއައި ހިދުމަތްތައް މޯލްޗިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހާވާލުކުރަން ނިންމައި އެކަން ތަންފީޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަދި ހަމަ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފެނަކަ އުވާލައި ކަރަންޓްގެ ޚިދުމަތް ދެން ދޭނީ ސްޓެލްކޯއިން އެކަނި ކަމަށްވެސް ވިދޅުވެފައެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގަުތުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވަމުން ގެންދެވީ







