މާލެ: 31°C
ވަކި ކެނޑިޑޭޓަކަށް ތާއީދުކުރުން މައްސަލައެއް ނޫން، ޗެއާޕާސަންގެ މަޤާމަށް ވޯޓު ދިނީ އަޅުގަނޑު ހުރީ ފައްޔާޒުގެ ފަހަތުގައިކަން ދެނެތިބެ: ރައީސް ނަޝީދު

ވަކި ކެނޑިޑޭޓަކަށް ތާއީދުކުރުން މައްސަލައެއް ނޫން، ޗެއާޕާސަންގެ މަޤާމަށް ވޯޓު ދިނީ އަޅުގަނޑު ހުރީ ފައްޔާޒުގެ ފަހަތުގައިކަން ދެނެތިބެ: ރައީސް ނަޝީދު

8 ސެޕްޓެންބަރު 2026
174 ފަހަރު ބަލާފައި

ވަކި ކެނޑިޑޭޓަކަށް އަޅުގަނޑު ތާއީދުކުރުމަކީ މައްސަލައެއް ނޫން، ޗެއާޕާސަންގެ މަޤާމަށް ހޮވަންވޯޓު ދިނީ އަޅުގަނޑު ހުރީ ފައްޔާޒުގެ ފަހަތުގައިކަން ދެނެތިބެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ އެސްއެސް ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ފައްޔާޒު ފަހަތުގަ ހުންނެވުމަކީ އިންތިހާބުގެ މިނިވަންކަމަށް އޭގެ އަސަރެއް ކުޜާނެ ކަމެއް ނޫންކަމަށާއި އަދި އެ ޕާޓީގެ އަސާސީ ޤަވާއިދު އޮންނަ ގޮތުންވެސް ރިޔާސީ ޕްރައިމަރީ ބޭއްވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ރޯލެއް ނޯންނަ ކަމަށެވެ.

އަދި އެމަނިކުފާނު ވަކި ކެނޑިޑޭޓެއްގެ ފަހަތުގަ ހުރުމަކީ އެއްވެސް މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ސަބަބަކީ އެމަނިކުފާނު އެ މަޤާމަށް ވަޑައިގަތުމަށް އާމްނު މެންބަރުން ވޯޓު ދެއްވީވެސް އެމަނިކުފާނު ހުންނެވީ ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމުގެ މަސައްކަތުގައިކަން އެނގި ވަޑައިގަންނަވާ ހާލަތުގައި ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ