މާލެ: 31°C
އަޅުގަނޑަށް ތާއިދުކުރާ މީހުން މަދެއްނޫން އެކަމަކު މިފަހަރު މިހުރީ ފައްޔާޒް ހޮވަން: ރައީސް ނަޝީދު

އަޅުގަނޑަށް ތާއިދުކުރާ މީހުން މަދެއްނޫން އެކަމަކު މިފަހަރު މިހުރީ ފައްޔާޒް ހޮވަން: ރައީސް ނަޝީދު

7 ސެޕްޓެންބަރު 2026
336 ފަހަރު ބަލާފައި

ރައީސް ނަޝީދު މިފަހަރު ހުންނެވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ފައްޔާޒް އިސްމާއިލް އަށް ހޯއްދަވައިދެއްވަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދަޅުވީ އެމަނިކުފާނަށް ތާއީދުކުރާ މީހުން މަދު ނޫންކަންވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު މިފަހަރު ހުންނަވާނީ ފައްޔާޒުގެ ފަހަތްޕުޅުގައި ފައްޔާޒަށް ރިޔާސީ ޕްރައިމަރީ ކާމިޔާބް ކޮށްދެއްވުމަށް ކަމަށެ. ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ، އެމްޑީޕީގެ ކެންޑިޑޭޓަކާއެކު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ.

އަދި މީގެ އިތުރުން ރައީސް ނަޘީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލް ބަލިވެއްޖެ ހާލަތެއްގައި ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ޕާޓީގެ ކެންޑިޑޭޓަކާއެކު ހުންނަވާނެ ކަމަށާއި, ނަމަވެސް ޕްރައިމަރީ ކާމިޔާބު ކުރާނީ، ފައްޔާޒު ކަމަށް އެމަނިކުފަނަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ