މާލެ: 31°C
މަސްތުވާތަކެއްޗާއެކު 2 ޒުވާނުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 2 ޒުވާނުން ހައްޔަރުކޮށްފި

7 ސެޕްޓެންބަރު 2026
88 ފަހަރު ބަލާފައި

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް-1 އިން ޒުވާން ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 6 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 އިން ފ. މަގޫދޫ، ހަނދުވަރީގެ / އިސްމާޢީލް އިޒްހާން (25އ) އާއި ލ. އިސްދޫ، ހުސްނޫގެ / އާމިނަތު ރުޝްދާ (21އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 140.03 ގުރާމުގެ ތަކެއްޗާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 3 ބިޑި ފެނިފައިވާ ކަމަސްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް އިޒްހާން 15 ދުވަހަށް އަދި އާމިނަތު ރުޝްދާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ