މާލެ: 31°C
ސޯލިހު ވެރިކަމުގެ ހުވާކުރުން ހުއްޓުވަން ރައީސް ޔާމީން ހެއްދެވި ސިހުރެއްގައި ބްރިޖް ސަރަހައްދަށް ބަރަހާނާ ހާލުގަ ސިޔާސީ މީހަކު ކޮންމެ ރެޔަކު މޫދަށް އެރުވި: ފަލާހު

ސޯލިހު ވެރިކަމުގެ ހުވާކުރުން ހުއްޓުވަން ރައީސް ޔާމީން ހެއްދެވި ސިހުރެއްގައި ބްރިޖް ސަރަހައްދަށް ބަރަހާނާ ހާލުގަ ސިޔާސީ މީހަކު ކޮންމެ ރެޔަކު މޫދަށް އެރުވި: ފަލާހު

6 ސެޕްޓެންބަރު 2026
725 ފަހަރު ބަލާފައި

ސޯލިހު ވެރިކަމުގެ ހުވާކުރުން ހުއްޓުވަން ރައީސް ޔާމީން ހެއްދެވި ސިހުރެއްގައި ބްރިޖް ސަރަހައްދަށް ބަރަހާނާ ހާލުގަ ސިޔާސީ މީހަކު ކޮންމެ ރެޔަކު މޫދަށް އެރުވިކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިންގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީނު ބަލިވުމުން, އޭރުގެ އެ ޕާޓީގައި މަސައްކަތްކުރި ސިޔާސީ ބޭފުޅެއްގަތު ހާސްނުވުމަށާއި އަދި އިބްރާހިމް މުޙައްމަދު ސޯލިހު އަށް ހުވާ ނުކުރެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި އެބޭފުޅާ ގާތު ރައީސް ޔާމީން ވިދާޅުވާ ކަމެއް ކޮށްދިނުމަށް ވިދާޅުވި ކަމަށާއި އެގޮތުން ރައީސް ޔާމީން ވިދާޅުވެގެން ކޮންމެ ރެޔަކު ދަންވަރު ބްރިޖް ކައިރީ ރާޅުގަނޑުގައި ބަރަހާނާ ހާލުގައި މޫދަށް އެރި އެމީހާ ހުރި ކަމަށެވެ.

ނަމަވެސް އިބްރާހިމް މުޙައްމަދު ސޯލިހް ހުވާކުރާ ދުވަސް ގާތްވުމާއި, އަދި ހުކުރު ހުތުބައެއްގައި ސިހުރު ހެދުމުގެ ނުބައި ކަމުގެ ވާހަކަ ގެނެސްދިނުމާ ގުޅިގެން އެ މީހާ ރައީސް ޔާމީނު އަރިހަށް ގޮސް އެކަން ކުރުމަށް އިޒުރުވެރިވުމުން, އަދި އާހިރަތަކީ އަދި މާ ފަހުން އަންނާނެ ކަމެއްކަމަށް ރައީސް ޔާމީން އެމީހާ ގާތު ވިދާޅުވިކަމަސްވެސް މެންބަރު ފަލާހު ވިދާޅުވި އެވެ.

މެންބަރު ފަލާހު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ފަންޑިތަ ހާހޫރައަށް ވަރަށް ބޮޑަށް ދޯލުވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ.

އަދި އެގޮތުން 2018 ވަނަ އަހަރާ ހިސާބުން ރާއްޖޭގައި ހުރިނަމަ ހުރި ރަތް ހާ ތައް ރައީސް ޔާމީނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް މެންބަރު ފަލާހު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ