ރައީސް ޔާމީނުގެ ސަރުކާރަކީ ރާއްޖޭގެ ތާރީހުގަ އެންމެ ގިނަ ކޮރަޕްޝަން ހިންގި ސަރުކާރުކަމަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފާލިމެންޓްރީ ގްރޫޕްގެ ޅީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާ ވާހަކަ ވަރަށް ގިނައިން އަޑުއިވޭ ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ވައްކަމާއި އެންމެ ގިނަ ކޮޜަޕްޝަން ހިންގި ސަރުކާރު ކަމަށެވެ.
އަދި އެ ހުރިހާ ވައްކަމާއި ކޮރަޕްޝަނުގެ މޭސްތިރިއަކީވެސް ރައީސް ޔާމީނު ކަމަށް މެންބަރު ފަލާހު ވިދާޅުވި އެވެ.
އަދި އަމިއްލަފުޅަށްވެސް ރައީސް ޔާމިނު ވަނީ އެކަމަށް އިއުތިފާވެވަޑައިގެންފައިކަމަށާއި އެގޮތުން ކޮނެމެ ރެޔަކު ފޮށިފޮސީގައި އެމަނިކުފާނުގެ ގެއަށް ވެއްދި ފައިސާ އަކީ ހަލާލު ފައިސާ ނޫންކަމަށްވެސް ރައީސް ޔާމީނު ވަނީ ވިދާޅުވެފައިކަމަށްވެސް މެންބަރު ފަލާހު ވިދާޅުވި އެވެ.







