މާލެ: 31°C
ސައީދު ރައީސް ޔާމީނަށް: މަސާޖު އޮއިލް ފުޅިއެއް 19.50 ރުފިޔާ އަށް މިހާރު ލިބޭނެ!

ސައީދު ރައީސް ޔާމީނަށް: މަސާޖު އޮއިލް ފުޅިއެއް 19.50 ރުފިޔާ އަށް މިހާރު ލިބޭނެ!

6 ސެޕްޓެންބަރު 2026
63 ފަހަރު ބަލާފައި

ތަދުވާތީ ތަންތަނުގައި ދަމަންގެންގުޅޭ ފުޅިއެއް މިހާރު ހުރީ .19.50 ރުފިޔާ އަށް ކމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުގެ ފާރާތްޕުޅުން މެންބަރު ޝުޖާއު ރައީސް ޔާމީން އަށް މެސެޖެއް ދެއްވައިފިއެވެ.

ރޭ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ ރޭގެ ޖަލްސާއަށް އެ ބޭފުޅާ ވަޑައިގަންނަވަނިކޮށް އެ ޕާޓީގެ ނައިބް ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ސައީދު ގުޅުއްވާފައި ފިދާޅުވީ ޖަލްސާގައި އެމަނިކުފާނުގެ ފަރާތްޕުޅުން ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށެވެ.

އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ ބާޒާރުގައި މިހާރު މަސާޖު އޮއިލް ފުޅިއެއް ހުރީ 19.50 ރުފިޔާއަށް ކަމަށް ރައީސް ޔާމީން އަށް ދަންނަވައި ދިނުމަށް ކަމަށެވެ.

އަދި މި ހަފްތާގެ އަންގާރަ ހިސާބުގައި 18 ރުފިޔާއަށް އެ ތެޔޮ ވެއްޓޭނެ ކަމަށާއި، އެ ތެލަކީ ރައީސް ޔާމީން އަށް ހާއްސަ ތެލެއްކަމަށް ވިދާޅުވެދެއްވުމަށްވެސް މިނިސްޓަރ ސައީދު އެދިލެއްވި ކަމަށް މެންބަރު ޝުޖާއު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ