ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގަ މަސައްކަތްކުރާ މުވައްޒަފުން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަދެފަ ސްކްރީން ޝޮޓް ފޮނުވާނީ ސްޓެލްކޯ އެޗްއާރު ނަންބަރަށްކަމަށް ސް ސްޓެލްކޯ އިން ބުނެފއެވެ.
ސްޓެލްކޯ އިން މި ހެން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުންނަށް އެޗްއާރު ޑިޕާޓްމަންޓުން ގުޅައި ޕީއެންސީއަށް ވަނުމަށާއި، ޕާޓީއަށް ވަތްކަން އެނގޭ ސްކްރީންޝޮޓް ފޮނުވުމަށް އަންގަމުންދާކަމުގެ މައުލޫމާތު ރާއްޖެ ޓީވީއަށް ލިބިފައިވާތީ އެ ކަން ސާފުކުރުމަށް ރާއްޖެޓީވީން ސްޓެލްކޯގެ އެޗްއާރަށް ގުޅުމުން ދެއްވި ޖަވާބުގައެވެ.
އެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގެ ޕްރެޒެންޓަރު ޢާމިރު ލައިވްޓީގައި ސްޓެއްކޯގެ އެޗްއާރު ޑިޕާޓްމަންޓްގެ 3338228 ނަންބަރަށް ގުޅައި ޕީއެންސީއަށް ވަދެފައި ޕާޓީއަށް ވަތްކަން އެނގޭ ސްކްރީންޝޮޓް ފޮނުވަންވީ ކޮންނަންބަރަކަށްތޯ އެހުމުން ސްޓެލްކޯ އެޗްއާރު ޑިޕާޓްމަންޓުން ވާހަކަދެއްކި މުވައްޒަފު ބުނެފައިވަނީ ސްކްރީންޝޯޓް ފޮނުވަންވީ ސްޓެލްކޯގެ އެޗްއާރު ނަންބަރަށް ކަމަށެވެ.
"ކުރިން އިންނާނެ ދޯ އެޗްއާރު ނަންބަރުން މެސެޖްކޮށްލާފަ، އެނަންބަރަށް ފޮނުވާލާ"، ސްޓެލްކޯ އެޗްއާރުން ބުނެފައި ވެއެވެ.
ފެނައިގެ އިސްފަރާތްތަކުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕީއެންސީއަށް ވަނުމަށް އަންގަމުންދާކަމަށް ވަރަށްގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

