ދަރިފުޅަށް ގާނޫނީގޮތުން ދޭންޖެހޭ ޙަރަދު ނުދޭ ބައްޕައެއްގެ ވަނަވަރު އާންމުކޮށް އެ މީހާ 2 މަސް ދުވަހަށް ޖަލަށް ލައިފި އެވެ.
ނ. ލަންދޫ ކޯޓުން ފޮޓޯ އާއިއެކު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހްމަދު އަންވަރުގެ އޭނާގެ ދރިފުޅަށް ގާނޫނީގޮތުނ ދޭންޖެހޭ ހަރަދު ނުދޭ މައްސަލާގައި ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އޭނާ 2 މަސް ދުވަހަށް ޖަލަށްލާފައިވާ ކަމަށެވެ.
ލަންދޫ ކޯޓުން އެ މީހާގެ ފޮޓޯ އާންމުކޮށްފައިވަނީ އާއިލާއާ ބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުންނެވެ.\
އެ މާއްދާގައި ވަނީ ޚަރަދު ނުދައްކާ މީހުންނަށް، ކޯޓުގެ ހުއްދަނެތި ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓު ހިފަހައްޓައި، އެމީހުންގެ ބޭންކް އެކައުންޓް ބަލައި ޗެކްކޮށް، އެކައުންޓުތައް ފްރީޒް ކުރުމުގެ އިތުރުން އެމީހުންގެ މުދަލެއް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ މުދަލެއް ކޯޓަށް ނެގޭނެ ކަމަށެވެ.
އަދި އެފަދަ މައްސަލައެއް ސާބިތުވާނަމަ އެ މީހާގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރުމުގެ ބާރު ވެސް އެ ގާނޫނުން ވަނީ ކޯޓުތަކަށް ދީފައެވެ.

