މާލެ: 31°C
ވިޔަފާރިވެރިޔާ ޖަނާހުގެ ބޭންކު ރައީސް ޑރ މުއިއްޒު އިފުތިތާޙުކޮށްދެއްވައިފި

ވިޔަފާރިވެރިޔާ ޖަނާހުގެ ބޭންކު ރައީސް ޑރ މުއިއްޒު އިފުތިތާޙުކޮށްދެއްވައިފި

August 18, 2026
152 ފަހަރު ބަލާފައި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙްގެ މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިފުތިތާޙުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވެވި އެ ބޭންކުގެ އިފްތިތާހީ ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ މޯބައިލް އެޕްލިކޭޝަން 'އެމް.ޕީ.ބީ ޕްލަސް" އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތްވެސް ރައީސް ޑރ މުއިއްޒު ވަނީ އިފުތިތާޙުކޮށްދެއްވާފަ އެވެ.

އެމް.ޕީ.ބީ އަކީ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙް އުފެއްދެވި އޭނާގެ ހިއްސާ އޮންނަ ބޭންކެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން، ރާއްޖޭގައި ބޭންކެއް ގާއިމްކުރުމަށް ޕްރިމިއަރ ބޭންކަށް ލައިސަންސް ދީފައިވަނީ މިދިޔަ އަހަރުގެ އެ ކުންފުންޏަށް، ޓިއަރ 1 ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ލައިސަންސް ދިނުމުގެ ކުރިން ދޫކުރި ހުއްދައިގެ ދަށުން ކަނޑައެޅި ޝަރުތުތައް އެ އެކުންފުނިން ފުރިހަމަ ކުރުމުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ