މާލެ: 31°C
ޓެކްސް އިސްލާހާ އެމްޑީޕީ މެންބަރުން ދެކޮޅުހަދަނީ ޕީއެންސީން ހުށަހަޅާ ކަންކަމަށް ތާއިދުނުކުރަން އެ ޕާޓީގެ ލީޑާރޝިޕުން އަންގާފައިވާތީ: މެންބަރު އަލީ އަޝްރަގް

ޓެކްސް އިސްލާހާ އެމްޑީޕީ މެންބަރުން ދެކޮޅުހަދަނީ ޕީއެންސީން ހުށަހަޅާ ކަންކަމަށް ތާއިދުނުކުރަން އެ ޕާޓީގެ ލީޑާރޝިޕުން އަންގާފައިވާތީ: މެންބަރު އަލީ އަޝްރަގް

August 17, 2026
60 ފަހަރު ބަލާފައި

ޓެކްސް އިސްލާހާ އެމްޑީޕީ މެންބަރުން ދެކޮޅުހަދަނީ ޕީއެންސީން ހުށަހަޅާ އެއްވެސް އެއްޗަކަށް ތާއިދުނުކުރަން އެ ޕާޓީގެ ލީޑާރޝިޕުން އަންގާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް ވިދާޅުވެއްޖެއެވެ.

މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އަޝްރަގް ވިދާޅުވީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަކީ ނާއިންސާފު މުޅިން ނެތިކޮށްލާނެ ބިލެއް ކަމަށާއި، މި ބިލަކީ ދިވެހި ވިޔަފާރިތައް، ދިވެހި ކުދި ވިޔަފާރިތަކުން ލޯ ލާރިއެއް ވެސް ނަގާނެ ބިލެއް ނޫންކަމަށް ވަރަށް ސާފުކޮށް ބުނަން ކެރޭ ކަމަށެވެ.

އިތުރަށް މެންބަރު އަޝްރަގް ވިދާޅުވީ ނަމަވެސް މި ބިލާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ދެކޮޅު ހައްދަވާތީ އެކަމަށް ފާޑުވިދާޅުވަމުން އަޝްރަޤް ވިދާޅުވީ، އިއްޔެ ބިލަށް ތާއީދުކުރެއްވުމަށްފަހު މިއަދު އެ ބޭފުޅުން މި ބިލަށް ދެކޮޅު ހައްދަވަނީ ޕީއެންސީން ހުށަހަޅާ އެއްވެސް އެއްޗަކަށް ތާއީދުނުކުރަން ޕާޓީގެ ލީޑަޝިޕުން އެންގުމުން ކަމަށެވެ.

"މި ބިލު އައުމުން ނާއިންސާފު މުޅިން ނެތިގެންދާނެ. އަޅުގަނޑަށް ވަރަށް ސާފުކޮށް ބުނަން ކެރޭ، މި ބިލަކީ ދިވެހި ވިޔަފާރިތައް، ދިވެހި ކުދި ވިޔަފާރިތަކުން ލޯ ލާރިއެއް ވެސް ނަގާނެ ބިލެއް ނޫން،" އަޝްރަގް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަޝްރަގް ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޓެކްސް ނެގުމުގައި ހުރި ނާއިންސާފު މުޅިން ނެތިގެންދާނެ ކަމަށާއި، ރާއްޖޭގެ ޓެކްސް ނިޒާމުގައި ބޮޑު އުނިކަމެއް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

އެގޮތުން ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް އައިސް ބޮޑެތި ޕްރޮޖެކްޓުތައް ހިންގައިގެން ބޮޑު ފައިދާއެއް ނަގައިގެންދާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޓެކްސް ނިޒާމުގައި ބޮޑު އުނިކަމެއް އޮތްތާ އެތައް ޒަމާނެއް ވެއްޖެ. ބޭރުކުންފުނިތަކުން ދިވެހިރާއްޖެއަށް އައިސް އެތައް ބިލިޔަން ރުފިޔާ އެތައް މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓްތައް ހިންގާ ބޮޑުފައިދާއެއް ނަގައިގެން އެދަނީ ދިވެހިރާއްޖެއިން ބޭރަށް އެފައިސާ ހިފައިގެން. އެމީހުން ޕްރޮޖެކްޓް ނިންމުމަށްފަހު ޓެކްސް ދަންކަންޖެހޭ ހިސާބަށް އައުމުން އޮފްޝޯ ހަރަދުތައް ބޮޑުކޮށްދައްކާ ޓެކްސް ސުމަކަށް ހަދާ. އެހެން ނަމަވެސް މިއާހިލާފަށް ދިވެހި ކުންފުނިތަކުން ދަނީ ބަރާބަރަށް ޓެކްސް ދައްކަމުން." މެންބަރު އަލީ އަޝްރަގް ވިދާޅުވިއެވެ،

މެމްބަރު އަޝްރަޤްވަނީ ދިވެހި ވިޔަފާރިވެރިންނާއި ކޮންޓްރެކްޓަރުންނަށް ހަމަހަމަކަން ހޯދައިދިނުމަށްޓަކައި ހުރިހާ މެންބަރުންވެސް މި ބިލަށް ތާއީދުކޮށް އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ