މާލެ: 31°C

އެއް މެގަ ވޮޓުގެ ޖަނަރޭޓަރެެއް އައްޑުއަށް ފޮނުވައިފި

March 11, 2025
156 ފަހަރު ބަލާފައި
އެއް މެގަ ވޮޓުގެ ޖަނަރޭޓަރެެއް އައްޑުއަށް ފޮނުވައިފި
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ބުނީ މިއުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ މިއުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެން ދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.

ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް މިކަމާ ގުޅިގެން އޮތްއިރު، ކަރަންޓު ކަނޑަން ޖެހޭ މައްސަލަ ހައްލުކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ