މާލެ: 31°C

މަޝްހޫރު "ކޮބަ ކަބާނާ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

މަޝްހޫރު "ކޮބަ ކަބާނާ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
August 16, 2026
45 ފަހަރު ބަލާފައި

މަޝްހޫރު "ކޮބަ ކަބާނާ"ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.

މި ރެސްޓޯރެންޓް ހުޅުވައިދިނީ ކަބާނާ ސެޓްރަލްގެ ވެރިންކަމަށްވާ ހުސައިން ސިރާޖާއި ނާއިފް އަބްދުއްރަހުމާނުގެ މަންމައެވެ. "ކޮބާ ކަބާނާ ސެންޓްރަލް"ގެ ނަމުގައި މާލޭގައި ހުޅުވި އައުޓްލެޓް ހުންނަނީ ރަށްދެބައިމަގު ބޮޑުފެންވަޅުގޭ ކުރިމައްޗަށްވާ ގޮތަށެވެ.

"ކޮބަ ކަބާނާ"ގެ ވެރިޔާ ހުސައިން ސިރާޖު، ބުނީ، ކަބާނާގެ އައުޓްލެޓެއް މާލޭގައި ހުޅުވަން ނިންމީ ހުޅުމާލޭގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުންކަމަށެވެ. މާލޭގައި ހުޅުވި އައުޓްލެޓް ހާއްސަކޮށްފައިވަނީ ބާގާ އާއި ޕިއްޒާ ފަދަ ފާސްޓްފުޑްގެ ބާވަތްތަކަށް ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ އައުޓްލެޓުން ލިބޭ އެންމެ މަގުބޫލު ދިހަ ބާވަތެއްގެ ކެއުމާއި ބުއިންތައް ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެއެވެ.

އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު އަޅުގަނޑުމެން ނިންމީ މި ރެސްޓޯރެންޓް އިތުރަށް ފުޅާކުރަން. އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރޮށްދީ ރަހަމީރު ކޮލިޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. ކޮބަކަބާނާ މާލޭގައި ހުޅުވުމުގެ އަސްލަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އިތުބާރު". ސިރާޖު ބުންޏެވެ.

"ކޮބަ ކަބާނާ" ރެސްޓޯރެންޓް ހުޅުމާލޭ ފޭސް އެކެއްގެ ބީޗު ސަރަހައްދުގައި ފުރަތަމަ ހުޅުވާފައިވަނީ މީގެ ހަ އަހަރު ކުރިން، 2020 ވަނަ އަހަރުއެވެ.

ކޮބަ ކަބާނާ ރެސްޓޯރެންޓަކީ ހުޅުމާލޭގައި ހުންނަ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ. އާއިލާއާއި ރައްްޓެހިންނާއެކު ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކަބާނާ ރެސްޓޯރެންޓަކީ އެންމެ ރަނގަޅު ޗޮއިސްއެވެ. ހުޅުމާލޭ ކާނިމަގު ނުވަތަ ބީޗް ފަޅީގައި ހުންނަ މި ރެސްޓޯރެންޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލް ރެސްޓޯރެންޓެކެވެ. މިރެސްޓޯރެންޓްގެ އެންމެ މަޤްބޫލް ކެއުންތަކުގެ ތެރޭގައި އިންޑިއަން، ޗައިނީޒް، އަރަބި އަދި ޔޫރަޕްގެ ކެއުންތައް ހިމެނެއެވެ.

މި ރެސްޓޯރެންޓްގެ އެންމެ "ސަޅި" ކަމަކީ ކާއެއްޗެހީގެ ރަހަ މީރުވެފައި ކޮލިޓީ ރަނގަޅުވުމެވެ. އަދި ކަސްޓަމަރުންނަށް އަދާކުރާ މެހެމާންދާރީ އަކީވެސް މިތަން ޚާއްސަވާ އެއް ސަބަބެވެ. އެހެންކަމުން ކަބާނާ މިހާރުވެފައިވަނީ ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓްތަކުގެ ތެރެއިން ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލް ރެސްޓޯރެންޓަށްވެފައެވެ.

"ކޮބަ ކަބާނާ" އައުލެޓްތަކާ ގުޅޭނެ ނަމްބަރުތައް:

ހުޅުމާލެ އައުޓްލެޓް، "ކޮބާ ކަބާނާ" – 9551515

މާލެ އައުޓްލެޓް، "ކޮބާ ކަބާނާ ސެންޓްރަލް" – 9822020

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ